ލޯކަލް ގަވަރމަންޓް އޮތޯރިޓީއަކީ ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އުފެދިފައިވާ ކައުންސިލްތަކުގެ މަސައްކަތްތަކާއި ހަރަކާތްތައް ހިނގަމުންދާގޮތް ބަލައި، ކައުންސިލްތަކުގެ މަސައްކަތްތައް ވިލަރެސް ކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ 2010 ވަނައަހަރުގެ އޮގަސްޓް 04 ވަނަދުވަހު އުފައްދަވާފައިވާ ޤައުމީ މުއައްސަސާއެކެވެ.


 ވިޝަން
ރައްޔިތުންގެ ބައިވެރިވުމާއެކު، އިޖްތިމާޢީ، އިޤްތިޞާދީ، ޘަޤާފީ އަދި ތިމާވެށީގެ ދުޅަހެޔޮކަން ގެނެސްދެވޭ ފަދަ ހަރުދަނާ ލާމަރުކަޒީ ނިޒާމެއް ޤާއިމުކުރުން


 މިޝަން
ދިވެހިރާއްޖޭގެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ކަންކަން ދީމިޤުރާތީ އަދި ޖަވާބުދާރީވަނިވި އުޞޫލުން ރައްޔިތުން އަމިއްލައަށް ނިންމުމަށް މަގުފަހިކޮށް، އިޖްތިމާޢީ، އިޤްތިޞާދީ، ޘަޤާފީ އަދި ތިމާވެށީގެ ގޮތުން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރެވި، ރައްޔިތުން ބާރުވެރިކޮށް ރައްޔިތުންނާ އެންމެ ގާތުން ފުޅާދާއިރާއެއްގައި ޚިދުމަތްލިބޭނެ ފަދަ ލޯކަލް ކައުންސިލެއް އުފެއްދުމަށް ބޭނުންވާ ފަންނީ އަދި މާލީ ޤާބިލުކަން އުފައްދައި، ކައުންސިލް ހިނގާ ނުހިނގާ ގޮތް ބަލައި، ކައުންސިލަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި، ޤައުމީ ފެންވަރުގައި ވިލަރެސްކުރުން 


 2010 ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 2010 ވަނައަހަރުގެ އެޕްރީލްމަހުގެ 28 ގައެވެ. ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ތިރީގައި އެވަނީއެވެ.


1- ކައުންސިލްތަކުގެ މަސައްކަތްތަކާއި ޙަރަކާތްތައް ހިނގަމުންދަނީ ޤާނޫނުއަސާސީއާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނާއި އެހެނިހެން ޤާނޫނުތަކާއި އެއްގޮތަށްތޯ ބެލުން. 
2- ކައުންސިލްތަކުގެ މަސައްކަތްތައް ޤައުމީ ފެންވަރުގައި ވިލަރެސްކުރުން.
3- ޤާނޫނުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކުރަންޖެހޭނެ ކަމަށް ކަނޑައަޅާފައިވާ އެހެނިހެން ކަންކަންކުރުން.
4- ކައުންސިލްތަކުގެ މަސައްކަތްތަކާއި ޙަރަކާތްތަކާއި ކައުންސިލްތަކުން އެކަށައަޅާ ގަވާއިދުތައް ހުންނަނީ އެއްއުސޫލަކުންތޯ ބަލައި ހުރިހާ ކައުންސިލްތަކުން އެއް ހަމަތަކަކާ އެއް އުޞޫލުތަކެއް ދެމެހެއްޓުމަށް މަސައްކަތްކުރުން.
5- ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ހިންގާ ގަވާއިދު ހެދުން.
6- ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އުފައްދާ ކޮންމެ އަތޮޅު ކައުންސިލަކާއި، ރަށު ކައުންސިލަކާއި، ސިޓީ ކައުންސިލްގެ އިޚްތިޞާޞް ހިނގާ ސަރަހައްދު ކަނޑައަޅައި، އެސަރަހައްދުގެ އިން ވަކިކުރުމުގެ ނިޒާމެއް މިޤާނޫނަށް އަމަލުކުރަން ފަށާ ފުރަތަމަ އަހަރުތެރޭ ކަނޑައެޅުން.
7- ލާމަރުކަޒީ އުޞޫލުން ދިވެހިރާއްޖެ ހިންގުމަށްޓަކައި ބޭނުންވާ އިދާރީ އަދި ފަންނީ ޤާބިލްކަން އިތުރުކުރުމަށްޓަކައި ދޭންޖެހޭ ތަމްރީންތައް ކަނޑައަޅައި، އެތަމްރީންތައް ދޭނެ އިންތިޒާމެއް ހަމަޖެއްސުން.


މި އޮފީސް ހުޅިވިފައި ހުންނާނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން 15:00 އަށެވެ.