ލޯކަލްގަވަރމަންޓް އޮތޯރިޓީ އެކުލެވިގެންވަނީލާމަރުކަޒީޤާނޫނުގެ 62 ވަނަ މާއްދާގައި ބަޔާންކުރާ މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ލޯކަލްގަވަރމަންޓް އޮތޯރިޓީގެ ބޯޑާއި، އޮތޯރިޓީގެސެކްރެޓޭރިއޭޓްގެ މައްޗަށެވެ. އަދި އިދާރީ ގޮތުން އޮތޯރިޓީ ހިންގުމުގެއެންމެހާއި ކަންތައްތައް ކުރިއަށްދަނީ ޗީފް އެގްޒެކްޓިވް އޮފިސަރގެ ބެލުމުގެ ދަށުންނެވެ.


1- އޮތޯރިޓީގެ މެންބަރުން:


ލޯކަލްގަވަރމަންޓްއޮތޯރިޓީ އެކުލެވިގެންވަނީ ލާމަރުކަޒީ ޤާނޫނުގެ 62 ވަނަ މާއްދާގައިބަޔާންކުރާ 9 މެންބަރުންގެ މައްޗަށެވެ. މި ބޯޑުގައި ހިމެނެނީ ރައީސުލްޖުމުހޫރިއްޔާ ޢައްޔަން ކުރައްވާ ވަޒީރާއި އަތޮޅުކައުންސިލްތަކުން އިންތިޚާބުކުރާ އެ ކައުންސިލްތަކުގެ 4 މެންބަރުންނާއި މާލޭ ސިޓީކައުންސިލުން ޢައްޔަން ކުރާ މެންބަރާއި ލާމަރުކަޒީ ޤާނޫނުގެ 39 ވަނަމާއްދާގެ ދަށުން އުފެދޭ ސިޓީ ކައުންސިލްތަކުން އިންތިޚާބުކުރާ މެންބަރާއި ރައްޔިތުންގެ މަޖިލީހުން ޢައްޔަން ކުރާ މަދަނީ ޖަމުޢިއްޔާއެއްގެ މެންބަރާއި ޢާއްމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ޢައްޔަން ކުރާ މެންބަރުގެމައްޗަށެވެ.


 2- ކޯޕަރޭޓް ސަރވިސް ޑިވިޝަން:


އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް ސެކްޝަން އެޑްމިނިސްޓްރޭޝަން އެންޑް ހިއުމަން ރިސޯސް ޔުނިޓް މިއޮތޯރިޓީ ހިންގުމުގައި އިދާރީ ގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައްބަލަހައްޓައި ކުރިއަށް ގެންދަނީ މި ޔުނިޓުންނެވެ.


މި އޮތޯރިޓީން އެކިފަރާތްތަކަށް ފޮނުވާ ލިޔެކިޔުމާއި ތަކެއްޗާއި މި އޮތޯރިޓީއަށް އަދި މިތަނަށް ލިބޭ ސިޓީ، މެސެޖް، ރިޕޯޓް ފަދަ އެންމެހާއި ތަކެތި އެންޓްރީކޮށްހަވާލުކުރަންޖެހޭ ނުވަތަ ފޮނުވަންޖެހޭ ސެކްޝަންތަކަށް ފޮނުވުމާއިމިއޮތޯރިޓީގެ މެއިލިންގ ސިސްޓަމް ބެލެހެއްޓުމަކީ މިޔުނިޓުގެމަސްއޫލިއްޔަތެކެވެ. ޕްރޮކިއުމެންޓުގެ މަސައްކަތާއި ސްޓޮކް ބެލެހެއްޓުމުގެމަސައްކަތް ވެސް ކުރަނީ މި ޔުނިޓުންނެވެ. ކައުންސިލްތަކުން ޤާނޫނުލާޒިމްކުރާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުގެ މުއައްސަސާތަކާއިމަޝްވަރާ ކުރެވިގެން އެ ޚިދުމަތްތައް ކައުންސިލްތަކުން ފޯރުކޮށްދެވޭނެމަގެއް ހޯދުމަށާއި ކައުންސިލްތަކުގެ އެސެޓް އެ ކައުންސިލްތަކާއިހަވާލުކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި ކައުންސިލްތަކުން ހޯދަންޖެހޭމައުލޫމާތު ހޯދާ އެ މައުލޫމާތު މިނިސްޓްރީ އޮފް ފިނޭންސްއަށް ފޮނުވުމުގެމަސައްކަތް ކުރުމުގައި އިސްވެ ހަރަކާތްތެރި ވަނީ ވެސް މިޔުނިޓުންނެވެ.


މިއޮތޯރިޓީގެ މުވައްޒަފުންގެ އެންމެހާއި ކަންތައްތަކާއި މުވައްޒަފުންނަށްދޭންޖެހޭ ޓްރޭނިންގތައް ކަނޑައަޅާއި މުވައްޒަފުންގެ ޕާފޯމަންސް އެޕްރޭސަލްތައްޔާރުކޮށް މުވައްޒަފުންގެ ޕޭރޯލް ހެދުމާއި މުވައްޒަފުންނާއި ގުޅޭމުހިންމު މަސައްކަތް ކުރަނީ ވެސް މިޔުނިޓުންނެވެ. އަދި އޮތޯރިޓީގެވެބްސައިޓް އަޕްޑޭޓް ކުރުމާއި މީޑިއާއަށް މައުލޫމާތު ދިނުމަކީ ވެސް މިޔުނިޓުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ފައިނޭންސް ޔުނިޓް މިޔުނިޓުގެ މައިގަނޑު މަސައްކަތަކީ މި އޮތޯރިޓީގެ ބަޖެޓާއި އެކައުންޓްތައްމާއްލިއްޔަތު ޤާނޫނާއި ދައުލަތުގެ މާލީ ޤަވާއިދުތަކާއި އެއްގޮތަށްބެލެހެއްޓުމެވެ. އަދި މި އޮތޯރިޓީގެ ފައިސާއާއި ބެހޭ ލިޔެކިޔުންތައްބެލެހެއްޓުމާއި އޮތޯރިޓީގެ ބަޖެޓް ތައްޔާރުކުރުމަކީ ވެސް މި ޔުނިޓުން ކުރާމަސައްކަތެކެވެ.


 3- ޓްރެއިނިންގ ސެކްޝަން:


މިއޮތޯރިޓީގެ ބާރާއި މަސްއޫލިއްޔަތު ބަޔާންކޮއްފައިވާ ލާމަރުކަޒީ ޤާނޫނުގެ61 ވަނަ މާއްދާގެ (ކ) ގައި ބަޔާން ކޮށްފައިވާ ފަދައިން ލާމަރުކަޒީ އުޞޫލުންދިވެހިރާއްޖޭ ހިންގުމަށްޓަކައި ބޭނުންވާ އިދާރީ އަދި ފަންނީ ޤާބިލްކަންއިތުރުކުރުމަށްޓަކައި ދޭންޖެހޭ ތަމްރީންތައް ކަނޑައަޅައި، އެ ތަމްރީންތައްދޭނެ އިންތިޒާމް ހަމަ ޖެއްސުމުގެ ގޮތުން ކުރަން ޖެހޭ އެންމެހައި މަސައްކަތްކުރަމުން ގެންދަނީ މި ސެކްޝަނުންނެވެ.


އަދި މި އޮތޯރިޓީގެމުވައްޒަފުންގެ ޤާބިލްކަން އިތުރު ކުރުމުގެ ގޮތުން ދޭންޖެހޭ ތަމްރީންތަކުގެ ތެރެއިން މި އޮތޯރިޓީން ހިންގާ ހުރިހާ ތަމްރީންތަކެއްމުވައްޒަފުންނަށް ދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުމަކީ ވެސްމި ސެކްޝަންގެ މަސްއޫލިއްޔަތެކެވެ.


ލާމަރުކަޒީ ނިޒާމަށްއާއްމުންނާއި ދައުލަތުގެ މުވައްސަސާތަކުގައި މަސައްކަތް ކުރައްވާބޭފުޅުންނާއި ކައުންސިލްތަކާއި ކައުންސިލް އިދާރާގައި މަސައްކަތް ކުރައްވާބޭފުޅުން ހޭލުންތެރިކުރުވާ އަހުލުވެރި ކުރުވުމުގެ ގޮތުން ކުރަން ޖެހޭމަސައްކަތް ވެސް ކުރަނީ މިސެކްޝަނުންނެވެ. ލީގަލް ސަރވިސް ސެކްޝަން މިއޮތޯރިޓީގެ މަސައްކަތްތަކުގައި ބޭނުންވާ ޤާނޫނީ ލަފަޔާއި އިރުޝާދު ދީ އަދިޤާނޫނީ ގޮތުން މި އޮތޯރިޓީން ކުރަން ޖެހޭ އެންމެހައި މަސައްކަތް ކުރަނީލީގަލް ސެކްޝަނުންނެވެ. އަދި ކައުންސިލްތަކަށް ދިމާވާ ކަންކަމުގައި މިއޮތޯރިޓީން ދޭންޖެހޭ ޤާނޫނީ ލަފާ ދިނުމަކީ ވެސް މި ސެކްޝަންގެ ޒިންމާއެކެވެ. ޝަރުޢީ މަރުޙަލާއެއްގައި މި އޮތޯރިޓީގެ ފަރާތުން ވަކާލާތު ކުރާނީއަދި މި އޮތޯރިޓީ ތަމްސީލް ކުރާނީ ވެސް މި ސެކްޝަންގެ ފަރާތުންނެވެ.


 3- ޕްލޭނިންގ އެންޑް މޮނިޓަރިން ޑިވިޝަން:


ޕްލޭނިން އެންޑް ޕްރޮޖެކްޓްސް ސެކްޝަން ޕްލޭނިންގ ޔުނިޓް ލާމަރުކަޒީޤާނޫނުގެ ދަށުން ކައުންސިލްތަކުގެ މަސައްކަތް ޤައުމީ ފެންވަރުގައިވިލަރެސްކުރުމުގެ މަސައްކަތްކުރަނީ ޕްލޭނިންގ ސެކްޝަނުގެ މި ޔުނިޓުންނެވެ.


ޕްލޭނިންގ ސެކްޝަންގެ މައިގަނޑު މަސައްކަތަކީ ކައުންސިލްތަކާއި މިއޮތޯރިޓީގެ ހިންގުން ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށް ބޭނުންވާޕްލޭންތައް ތައްޔާރުކުރުމާއި ކައުންސިލްތަކުން ތައްޔާރުކުރަންޖެހޭރިޕޯޓްތައް ތައްޔާރުކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަންފޯރުކޮށްދިނުމާއި އެ ފަދަ މަސައްކަތްތައް ޤައުމީ ފެންވަރުގައި ވިލަރެސްކޮށްބެލެހެއްޓުމެވެ. އަދި ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް ކުރިއަށްގެންދިއުމަށް ބޭނުންވާ ފަންނީ ތަޖްރިބާކާރުން ހޯދުމަށްޓަކައި ކުރަންޖެހޭމަސައްކަތްތަކާއި ކައުންސިލްތަކުގެ ޤާބިލްކަން އިތުރުކުރުމަށް ބޭނުންވާކަންތައްތައް ދެނުގަތުމަށް ޓްރޭނިންގ ސެސްޝަނާއި ގުޅިގެން ކުރަންޖެހޭމަސައްކަތްތައް ކުރުމެވެ. ޕްރޮޖެކްޓްސް ޔުނިޓް ލާމަރުކަޒީނިޒާމް ހަރުދަނާކުރުމަށް ރާވާ ހިންގަންޖެހޭ އެންމެހައި ޕްރޮޖެކްޓްތައްކަމާއި ގުޅޭ ފަރާތަކުގެ އެހީގައި ކުރިއަށް ގެންދިއުމަކީ މި ޔުނިޓުގެމަސްއޫލިއްޔަތެކެވެ.


ސަރުކާރާއި މަދަނީ ޖަމްއިއްޔާތަކުން މި ނިޒާމްނެގެހެއްޓުމަށް މި އޮތޯރިޓީ މެދުވެރިކޮށް ހިންގަން ބޭނުންވާ މަޝްރޫޢުތައްރާވާ ހިންގުމާއި ހިންގާ މަޝްރޫޢުތައް ކަމާއި ގުޅޭ ފަރާތްތަކަށް ފޮނުވުމަކީވެސް މި ޔުނިޓުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މިއޮތޯރިޓީން ރާވާ ހިންގަންބޭނުންވާ ޕްރޮޖެކްޓްތަކުގެ ޕްރޮޕޯސަލްތައްތައްޔާރުކުރުމާއި މާލީ އެހީ ހޯދަންޖެހޭ ކަންކަމުގައި މާލީ އެހީ ހޯދުމަށްކުރަންޖެހޭ މަސައްކަތް ކުރުމަކީ ވެސް މިޔުނިޓުން ކުރަމުން ގެންދާމަސައްކަތެކެވެ. މޮނިޓަރިންގ އެންޑް އިވެލުއޭޝަން ސެކްޝަން ލާމަރުކަޒީޤާނޫނުގެ ދަށުން ކައުންސިލްތަކުގެ މަސައްކަތް ޤައުމީ ފެންވަރުގައި މޮނިޓަރކުރުމުގެ މަސައްކަތް ކުރަނީ މި ސެކްޝަނުންނެވެ. ކައުންސިލްތަކުންޤާނޫނުގައި ބަޔާން ކުރެވިފައިވާ ތާރީޚަށް ތައްޔާރުކުރަންޖެހޭ ޕްލޭނާއިރިޕޯޓްތައް ތައްޔާރުކުރެވޭތޯ ބެލުމާއި ޕްލޭންތަކާއި ރިޕޯޓްތައް ބެލުމަށްފަހު މި އޮތޯރިޓީން ދޭންޖެހޭ ލަފަޔާއި އިރުޝާދު ކައުންސިލްތަކަށް ދިނުމެވެ. ކައުންސިލްތަކަށް ލިބިދޭ ޤާނޫނީ އިމުގެ ތެރެއިން ކައުންސިލްތަކުންފޯރުކޮށް ދޭންޖެހޭ ޚިދުމަތްތަކުގެ ތެރެއިން ސަރުކާރުގެ މުވައްސަސާތަކުންކައުންސިލާ ހަވާލުކުރާ ޚިދުމަތްތަކާއި މަސައްކަތްތަކުގެ ލިސްޓްތައްޔާރުކުރުމާއި މި ދެންނެވި ޚިދުމަތްތައް ކައުންސިލްތަކާއިހަވާލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަކީ ވެސް މި ސެކްޝަނުގެޒިންމާއެކެވެ.


ކައުންސިލްތަކުން ނަގާ ފީތައް މޮނިޓަރ ކުރުމާއިރަށްރަށުގެ ދަފްތަރާއި ތަފާސް ހިސާބު ބެލެހެއްޓޭނީ ނިޒާމެއް ޤާއިމުކުރުމަށްމަސައްކަތް ކުރަނީވެސް މި ސެކްޝަނުންނެވެ. އަދި މީގެ އިތުރަށްކައުންސިލްތަކުގެ ފައިސާއާއި ބެހޭ ޕޮލިސީތައް މާލިއްޔަތުގެ ޤަވާއިދާ އެއްގޮތަށް ކަނޑައެޅުމާއި އިންޓާރނަލް ފައިނޭންސް އޮޑިޓް ޕޮރޮސީޖަރތައްޔާރުކުރުމާއި، ކޮންޓްރޯލްތައް ގެންގުޅެވޭނެ ނިޒާމެއް ޤާއިމްކުރުމަށްމަސައްކަތް ކުރުމަކީ ވެސް މި ސެކްޝަންގެ ޒިންމާއެކެވެ.