2017-01-09 05:32:00

ކައުންސިލް އިންތިހާބު އޭޕްރީލް 8ގައި

ފަސްކޮށްފައިވާ ލޯކަލް ކައުންސިލްސް ތަކުގެ އިންތިޚާބު އަންނަ އޭޕްރީލް މަހުގެ 8ގައި ބާއްވަން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ އިންތިހާބުގައި ވާދަކުރަން މިހާތަނަށް ފޯމު ހުށަހަޅާފައިވާ ހުރިހާ ފޯމެއް ބާތިލްކޮށްފައިވާ ކަމަށެވެ. މިހެންވެ ކެނޑިޑޭޓުންނަށް އަލުން ފޯމް ހުށަހަޅަން ފުރުސަތު ހުޅުވާލާނެ ކަމަށެވެ. ނަމަވެސް އިންތިހާބުގެ އޮބްޒާވަރުންނާއި މޮނިޓަރުންގެ ގޮތުގައި ބައިވެރިވުމަށް ހުށަހަޅާފައިވާ ފަރާތްތަކުންއަލުން ފޯމުތައް ހުށަހަޅަން ނުޖެހޭނެ ކަމަށެވެ.

ކައުންސިލް އިންތިހާބުގެ ވޯޓުލުން އަންނަ އޭޕްރީލް މަހުގެ އަށްވަނަ ދުވަހުގެ ހެނދުނު 8:00 ގައި ފެށުމަށް ހަމަޖެހިފައިވާއިރު ވޯޓު ފޮށި ބަންދުކުރާނީ އެ ދުވަހުގެ ހަވީރު 4:00 ގަ އެވެ. އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާންކުރާނީ އެ މަހުގެ 17 ވަނަ ދުވަހު އެވެ. 

މިހާރު ތިބި ކައުންސިލަރުންގެ ދައުރު އަންނަ ފެބްރުއަރީ މަހު ހަމަވި ނަމަވެސް ސިވިލް ކޯޓުން ވަނީ އާ ކައުންސިލަރުން ހުވާކުރަންދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ތިބޭނެ ކަމަށް ހުކުމް ކޮށްފަ އެވެ.

ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 10 ވަނަ މާއްދާއާ އެއްގޮތަށް މި އިންތިޚާބުގެ ޓިކެޓް ހޯދުމަށްޓަކައި އެއްވެސް ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީގައި ވާދަކޮށްފައިވާ މެންބަރަކު، މި އިންތިޚާބުގައި އެހެން ހައިސިއްޔަތަކުން ވާދައެއް ނުކުރެވޭނެއެވެ.

ގުޅުން ހުރި ފައިލުތައް

ފަހުގެ