2017-04-20 11:00:46

ލޯކަލް ކައުންސިލް ޕާރފޯމަންސް އިންޑެކްސް އެކުލަވާލުމަށް މުވައްޒަފުން ތަމްރީންކޮށްފި

މިއަހަރުގެ ލޯކަލް ކައުންސިލް ޕާރފޯމަންސް އިންޑެކްސްގެ މަސައްކަތަށް ތައްޔާރުވުމުގެ ގޮތުން، އަތޮޅުތަކުގައި އިސްވެ ހަރަކާތްތެރިވާ ފޯކަލް ޕޮއިންޓުންނަށް ޚާއްސަކޮށްގެން ލޯކަލް ގަވަރމަންޓްގެ އޮތޯރިޓީން ތަމްރީން ޕްރޮގްރާމެއް ބާއްވައިފިއެވެ. މި ތަމްރީން ހިންގާފައިވަނީ އޭޕްރީލް 18 އަދި 19 މި ދެ ދުވަހު ލޯކަލް ގަވަރމަންޓް އޮތޯރިޓީގައެވެ. މި ތަމްރީން ޕްރޮގްރާމްގެ މަޤްޞަދަކީ ލޯކަލްކައުންސިލްސް ޕަރފޯމަންސް އިންޑެކްސް ހިސާބުކުރުމަށް ބޭނުންވާ ތަފާތު މަޢުލޫމާތާއި އަމަލީ ތަމްރީން އަތޮޅު ތަކުގެ ފޯކަލް ޕޮއިންޓުންނަށް ފޯރުކޮށްދިނުމެވެ.

މި ތަމްރީން ޕްރޮގްރާމްގައި  އިންޑެކްސްގެ އަސާސީ މުހިއްމު މަޢުލޫމާތާއި، އިންޑެކްސްއެއް އެކުލަވާލާނެގޮތާއި، އަދި ލޯކަލް ކައުންސިލްސް ޕާރފޯމަންސް އިންޑެކްސް އެކުލަވާލެވިފައިވާ ގޮތުގެ ތަފްސީލީ މައުލޫމާތުތައް ހުށަހަޅާދީފައިވެއެވެ. މީގެ އިތުރުން މަޢުލޫމާތު އެއްކުރުމަށް ބޭނުންކުރާ ސުވާލުކަރުދާހުގެ ސިފަތަކާއި އެއްކުރާ މައުލޫމާތަށް ބޭނުންވަނީ ކޮންކަހަލަ ހެކިތަކެއްކަމާއި އަދި ފުރިހަމަ ކުރަންޖެހޭ ވޯރކިންގ ޕޭޕަރޒްތަކާއި ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދީފައިވެއެވެ. އަދި އިންޑެކްސްއިން ލިބިދޭ ނަތީޖާ، ދަރަޖަކުރެވޭ ގޮތާއި، ކާމިޔާބީ  ހައްޤުވާ ކައުންސިލްތަކަށްދޭ ކަންގަތި އެވޯރޑާއި ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދީފައިވެއެވެ.  މި ތަމްރީން ޕްރޮގުރާމް ނިންމުމުގެ ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނަކީ މިނިސްޓަރ އޮފް ހޯމްއެފެއާރޒް އަލްފާޞިލް އަޒްލީން އަހުމަދެވެ.

ލޯކަލް ކައުންސިލް ޕާރފޯމަންސް އިންޑެކްސް އެކުލަވާލެވިފައިވަނީ ހެޔޮވެރިކަމުގެ ހަމަތަކާއި، ލާމަރުކަޒީ ޤާނޫނާއި، އަދި ކާމިޔާބު ކަމާއިއެކު ކައުންސިލެއް ހިންގުމުގައި ދުނިޔޭގައި ބޭނުންހިފާ ބެސްޓް ޕްރެކްޓިސްތަކަށް ބެލެވިގެންނެވެ. މި އިންޑެކްސް އެކުލެވިގެންވަނީ 5 ސަބްއިންޑެކްސްގެ މައްޗަށެވެ. ލޯކަލް ގަވަރަމަންޓް އޮތޯރިޓީ ޕާރފޯމަންސް އިންޑެކްސް އެކުލަވާލާ މިއީ 2 ވަނަ ފަހަރެވެ. އެންމެ ފުރަތަމަ މިއިންޑެކްސް އެކުލަވާލެވިފައިވަނީ 2015 ވަނަ އަހަރުއެވެ.

ގުޅުން ހުރި ފައިލުތައް

ފަހުގެ