2017-06-02 22:00:45

ލޯކަލް ކައުންސިލްތައް 3 ވަނަ ދައުރަކަށް ހުވާކުރުން

ލޯކަލް ކައުންސިލްތަކުގެ ދެވަނަ ދައުރު ނިމި ތިންވަނަ ދައުރު މާދަމާ ފެށޭނެއެވެ. ތިންވަނަ ދައުުރަށް އިންތިޚާބުވެފައިވާ މެމްބަރުން މަޤާމާއި ޙަވާލުވުމާއި ހުވާކުރުން ހުރިހާ ލޯކަލް ކައުންސިލްތަކެއްގައި މާދަމާ އޮންނާނެއެވެ. ކައުންސިލްތަކުގެ ހުވާކުރުމުގެ ދަރުބާރު ބޭއްވޭނީ ކައުންސިލްތައް ހަތަރު ދަންފަޅިއަކަށް ބަހާލެވިގެންނެވެ. ފުރަތަމަ ދަންފަޅި އޮންނާނީ މާދަމާގެ މެންދުރުކުރީގެ ވަގުތެއްގައެއެވެ. އަދި މެންދުރުފަހާއި ހަވީރާއި ރޭގަނޑު މި ދަރުބާރު ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށްދާނެއެވެ. ކައުންސިލަރުން ހުވާކުރުމުގެ ދަރުބާރު ބޭއްވުމަށް ރަށްރަށުގެ ސްކޫލުތައްވަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކައުންސިލްތަކަށް ދޫކުރައްވާފައެވެ. މާދަމާގެ ހުވާކުރުމުގެ ދަރުބާރުތަކުގައި 653 ކައުންސިލަރުން ހުވާކުރައްވާނެއެވެ. އެއީ 179 ރަށު ކައުންސިލަށް 563 ކައުންސިލަރުންނާއި 18 އަތޮޅު ކައުންސިލަށް 67 ކައުންސިލަރުންނާއި 3 ސިޓީ ކައުންސިލަށް 23 ކައުންސިލަރުންނެވެ.

ގުޅުން ހުރި ފައިލުތައް

ފަހުގެ