ނ. އަތޮޅު ކައުންސިލް މޮނިޓަރ ކުރަން ފަށައިފި

ލޯކަލް ގަވަރމަންޓް އޮތޯރިޓީން ނ. އަތޮޅު ކައުންސިލް މޮނިޓަރ ކުރަން ފަށައިފި އެވެ.


މިއީ ކައުންސިލް ހިނގާނުހިނގާ ގޮތް ދެނެގަނެ، މަސައްކަތްތައް ހަލުވި ކުރުމަށް ބޭނުންވާ ކަންކަން ދެނެގަތުމަށް އެލްޖީއޭއިން ފެށި މަސައްކަތެކެވެ. މި ގޮތުން މި އަހަރު މޮނިޓަރ ކުރަން ހަމަޖެހިފައިވަނީ ޖުމުލަ ހަތް ކައުންސިލެކެވެ.އެއީ ދެ އަތޮޅު ކައުންސިލަކާއި ރަށު ކައުންސިލްތަކުން ފަސް ރަށެކެވެ.


އަތޮޅު ކައުންސިލްތަކުން މޮނިޓަރ ކުރާނީ ނ. އަތޮޅު ކައުންސިލްގެ އިތުރުން މ. އަތޮޅު ކައުންސިލެވެ. ރަށު ކައުންސިލްތަކުން މޮނިޓަރ ކުރާނީ ފ. ފީއަލީ ކައުންސިލާއި ތ. ތިމަރަފުށީ ކައުންސިލާއި ބ. ގޮއިދޫ ކައުންސިލާއި ފުޅަދޫ ކައުންސިލްގެ އިތުރުން އއ. އުކުޅަސް ކައުންސިލެވެ.

ފަހުގެ ޚަބަރު