ރ. އަތޮޅު ކައުންސިލްތަކަށް ހާއްސަ މަސައްކަތު ބައްދަލުވުމެއް ފަށައިފި

ރ. އަތޮޅުގެ ކައުންސިލްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުގެ މަސައްކަތު ބައްދަލުވުމެއް ފަށައިފި އެވެ.


މި ވޯކްޝޮޕުގައި އެއަތޮޅުގެ ހަ ރަށަކުން ބައިވެރިވެ އެވެ. އެއީ މީދޫ އާއި މަޑުއްވަރީ އާއި އިންނަމާދޫ، އިނގުރައިދޫ އަދި ފައިނާއި ކިނޮޅަހު ކައުންސިލުންނެވެ.


ދެ ދުވަހަށް ކުރިއަށް ގެންދާ މިވޯކްޝޮޕުގައި ކައުންސިލްތަކުގެ އިދާރީ ހިންގުން ރަނގަޅު ކުރުމަށާއި ހެޔޮގޮތުގައި ވަގުތުގެ ބޭނުންހިފުމަށާއި ލިބިފައިވާ ވަސީލަތްތައް ބޭނުންކުރުމާއި މަސައްކަތުގެ އަހުލާގު ފަދަ މުހިންމު ބައިތަކަށް ބައިވެރިންނަށް ތަމްރީނުދެވޭނެ އެވެ.


މިއީ ރ. އަތޮޅު ކައުންސިލުން އިސްނަގައިގެން ކުރިއަށްގެންދާ ހާއްސަ ވޯކްޝޮޕެކެވެ. ކިޔަވާ ދެއްވަނީ އެލްޖީއޭގެ ބޭފުޅުންނެވެ.


އެލްޖީއޭއިން ދަނީ ތަމްރީނު ބޭނުންވާ ކައުންސިލްތަކުން އެކަމަށް އެދުމުން ހާއްސަ ޕްރޮގްރާމްތަކެއް ހިންގައިދެމުންނެވެ. އަދި ކައުންސިލްތަކުގެ ފަންނީ ގާބިލް އިތުރުކުރުމަށް އަތޮޅު އަދި ރަށު ފެންވަރުގައި ވެސް މިހާތަނަށް ވަނީ ގިނަ ޕްރޮގްރާމްތަކެއް ހިންގާފަ އެވެ.

ފަހުގެ ޚަބަރު