ފޯކައިދޫ ކައުންސިލުން އެލްޖީއޭއާ ބައްދަލުކޮށްފި

ށ. ފޯކައިދޫ އަށް ދިމާވެފައިވާ ދަތިތަކާއި 2017 ވަނަ އަހަރު އެރަށު ކައުންސިލްގެ ބަޖެޓާ ބެހޭގޮތުން ކައުންސިލުން އެލްޖީއޭއާ ބައްދަލުކޮށްފި އެވެ.


ކައުންސިލްގެ ރައީސް މުހައްމަދު ރާޝިދު ފާހަގަކުރެއްވި ގޮތުގައި އަންނަ އަހަރު އެރަށު ކައުންސިލަށް ލިބޭ ބަޖެޓް އިތުރުވެފައިނުވާތީވެ ހިދުމަތްތައް ދިނުމުގައި ދަތިތަކެއް ހުންނާނެކަން ފާހަގަކުރެއްވި އެވެ. އަދި ރަށުގެ ބަނދަރުގެ ދަތިކަން ވަރަށް ބޮޑުވެފައިވާތީވެ އެކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެ އެވެ.


ފޯކައިދޫ އަކީ ހުސްވި އަހަރުގެ ށ. އަތޮޅުގެ އެންމެ ރަނގަޅު ކައުންސިލްގެ އެވޯޑާއި ރަށު ކައުންސިލްތަކުން އެއްވަނަ ކައުންސިލްގެ މަގާމު ހާސިލްކޮށްފައިވާ ރަށެވެ.