2016-10-19 12:17:33

ކަންގަތި މަޖައްލާގެ 6 ވަނަ އަދަދު ނުކުމެއްޖެ

އެލްޖީއޭއިން ނެރޭ ކަންގަތި މަޖައްލާގެ ހަ ވަނަ އަދަދު މިއަދު ނެރެފި އެވެ. މި އަދަދުގައި ލާމަރުކަޒީ ނިޒާމް ހިންގުމުގައި ރާއްޖޭން ބޭރުން ފާހަގަކޮށްލެވޭ ކިރިބަތީއާ ބެހޭ މައުލޫމާތާއި ރާއްޖޭގެ ހިންގުމުގެ ނިޒާމާ ބެހޭ ހާއްސަ މައުލޫމާތުތައް ހިމަނާފައިވާނެ އެވެ.


އަދި އެލްޖީއޭގެ ހަ ވަނަ އަހަރީ ދުވަހުގެ ހަރަކާތްތަކުގެ ފޮޓޯ އާއި މިއަހަރު މުޅިން އަލަށްދޭން ފެށި އެލްޖީއޭ ސްޓާފް އެވޯޑުގެ ހާސިލްކުރި މުވައްޒަފުންގެ މައުލޫމާތުތައް ވެސް ހިމަނާފައިވާނެ އެވެ.
މިމަޖައްލާ އަކީ ލާމަރުކަޒީ ނިޒާމަށް އާއްމުން އަހުލުވެރިކުރުވުމަށާއި އެލްޖީއޭ އާއި ކައުންސިލްތަކުން ހިންގާ މުހިންމު ހަރަކާތްތައް އާއްމުންނާ ހަމައަށް ގެނެސްދިނުމަށް ނެރޭ މަޖައްލާއެކެވެ. 

މަޖައްލާ ޑައުންލޯޑް ކުރެއްވޭނެ ލިންކް: http://lga.gov.mv/uploads/files/3184.pdf

ފަހުގެ ޚަބަރު