2016-12-31 17:57:52

2017 ވަނަ އަހަރުގެ ތަހުނިޔާ ކައުންސިލަރުންނަށް

މިރޭ ފެށުނު މީލާދީ އައު އަހަރުގެ ތަހުނިޔާ ދިވެހިރާއްޖޭގެ އެންމެހާ ކައުންސިލަރުންނަށް އާއިލާތަކަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑު މެމްބަރުންނާއި އެންމެހާ މުވައްޒަފުންގެ ނަމުގައި ދަންނަވަމެވެ.


އަޅުގަނޑު ޔަގީންކުރަނީ 2017 ވަނަ އަހަރަކީ އަޅުގަނޑުމެން އެންމެން ކުރިއަށްވުރެ ބޮޑަށް ބައިވެރިވެ، ތަރައްގީގެ މަގުގައި އިތުރު ކުރިއެރުން ހާސިލްކުރާނެ ކާމިޔާބު އަހަރަކަށްވެގެންދާނެ ކަމަށެވެ. އަދި ފާއިތުވެދިޔަ އަހަރު ކައުންސިލްތަކުން ކޮށްފައިވާ ބުރަ މަސައްކަތް ފާހަގަކޮށް، އެންމެހާ ކައުންސިލަރުންނާއި ހީވާގި މުވައްޒަފުންނަށް ޝުކުރު ދަންނަވަމެވެ.


1 ޖެނުއަރީ 2017


                         އަޒްލީން އަހުމަދު


                   ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ރައީސް


                    މިނިސްޓަރ އޮފް ހޯމް އެފެއާރޒް

ފަހުގެ ޚަބަރު