2017-04-06 12:38:00

ޔޫ.ސީ.އެލް.ޖީ. އެސްޕެކް ޤައުމުތަކުގެ ކޮންފަރެންސްގައި އެލް.ޖީ.އޭ އިން ބައިވެރިވެއްޖެ

ޔުނައިޓެޑް ސިޓީސް އެންޑް ލޯކަލްގަވަމަންޓް ގެ އޭސިޔާ ޕެސިފިކް ( ޔޫ.ސީ.އެލް.ޖީ. އެސްޕެކް) ޤައުމުތަކުގެ ކޮންފަރެންސް އަދި އެގްރެކެޓިވް ބިއުރޯގެ ބައްދަލުވުން ޕިލިޕީންސްގައި ފެށިއްޖެއެވެ. މި ބައްދަލުވުމުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ ޑިރެކްޓަރ ޖެނެރަލް ސަމްޢޫން އާދަމެވެ. މީގެ އިތުރަށް މާލޭ ސިޓީގެ ފަރާތުން އެ ސިޓީގެ މޭޔަރ މުޙައްމަދު ޝިހާބް ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ބައްދަލުވުން ކުރިޔަށްދާނީ މި ހިނގާ އެޕްރީލް މަހުގެ 5 ން 7 އަށް ފިލިޕީންސް ގެ ކެޓަބޮލޮގަންގައެވެ. ޔޫ.ސީ.އެލް.ޖީ. އެސްޕެކް ކޮންފަރެންސް އަދި ބިއުރޯ ބައްދަލުވުމުގެ އިތުރަށް ޔޫ.ސީ.އެލް.ޖީ. އެސްޕެކް ސައުތު އެންޑް ސައުތުވެސްޓް އޭސިއާ ޤައުމުތަކުގެ ސްޓޭންޑިންގ ކޮމިޓީގެ ބައްދަލުވުމުގައިވެސް އެލް.ޖީ.އޭ އިން ބައިވެރިވާނެއެވެ.

ފަހުގެ ޚަބަރު