2017-04-19 12:32:26

"ފައިނޭންޝަލް މެނޭޖްމަންޓް ޓްރޭނިންގ" ލ. އަތޮޅުގައި ފަށައިފި

ލ. އަތޮޅުގެ ކައުންސިލުތަކުގެ ފަންނީ ޤާބިލުކަން އިތުރުކޮށް ފައިސާގެ މުޢާމަލާތްތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން، އެއަތޮޅުގެ ހުރިހާ ކައުންސިލަކަށް އަމާޒުކޮށް، ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި ހައްދުންމަތީ އަތޮޅު ކައުންސިލު ގުޅިގެން "ފައިނޭންޝަލް މެނޭޖްމަންޓް ޓްރޭނިންގ" ގެ ނަމުގައި ހިންގާ 2 ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ހައްދުންމަތީ އަތޮޅު ކައުންސިލުގެ އިދާރާގައި މިއަދު ފެށިއްޖެއެވެ.


ޖުމުލަ 33 ބައިވެރިންނާއެކު ފެށުނު މިޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ޕްރޮކިއުމަންޓާއި ބަޖެޓު ތައްޔާރުކުރުމާއި ތަންފީޒުކުރުމާއި ވައުޗަރު ނިޒާމާއި ދައުލަތުގެ މުދަލާއި ފައިސާގެ ޒިންމާގެ އިތުރުން ފައިސާގެ ކަންކަމާ ގުޅިގެން ފާހަގަކުރެވޭ މައިގަނޑު މައްސަލަތަކާއި އޭގެ ހައްލެވެ. މިޕްރޮގްރާމުގައި ކިޔަވައިދެއްވަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ފަންނީ ބޭފުޅުންނެވެ.

ފަހުގެ ޚަބަރު