2017-06-29 20:37:43

ސެމިނަރ އޮން މެނޭޖްމަންޓް ކެޕޭސިޓީ ފޯ ލޯކަލް ކައުންސިލްސް ގައި ބައިވެރިވުމަށް އެލް.ޖީ.އޭ ގެ ޓީމެއް ޗައިނާއަށް ފުރައިފި

ލޯކަލްގަވަރމަންޓް އޮތޯރިޓީގެ ޓީމެއް " ސެމިނަރ އޮން މެނޭޖްމަންޓް ކެޕޭސިޓީ ފޯ ލޯކަލް ކައުންސިލްސް" ގައި ބައިވެރިވުމަށްޓަކައި ޗައިނާއަށް ދިއުމަށް މިރޭ ފުރައިފިއެވެ. ތިން ހަފުތާގެ މުއްދަތަށް ޗައިނާގެ ނަންޗަންގ ސިޓީގައި ކުރިޔަށް ދާ މި ސެމިނާރގައި ލޯކަލްގަވަރމަންޓް އޮތޯރިޓީގެ 8 ބޭފުޅުންނާއި ރަށު ކައުންސިލްތަކުން 9 ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވައެވެ. ތަޖުރިބާ ހޯދުމުގެ ގޮތުން ޗައިނާގެ މުހިންމު ސިޓީތަކަށް މި ޓީމްގެ ބޭފުޅުން ޒިޔާރަތް ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމަށް ރަށު ކައުންސިލްތަކަށް ޚާއްޞަ ކުރެވުނު ފުރުސަތުތަކަށް ކައުންސިލްތައް ހޮވާފައިވަނީ އެންމެ ފަހުގެ " ލޯކަލް ކައުންސިލްސް ޕާރފޯމެންސް އިންޑެކްސް" އިން އެންމެ މަތިން ރޭންކް ކުރެވުނު ރަށު ކައުންސިލްތަކެވެ. މި ގޮތުން މި ޕްރޮގްރާމުގައި ބައިވެރިވާ ރަށު ކައުންސިލްތަކަކީ ށ. މަރޮށި، ށ.ފުނަދޫ ، ރ. ވާދޫ، ރ. އުނގޫފާރު، ބ.އޭދަފުށި، ކ.ހުރާ، ކ.ގުރައިދޫ، ކ.ގުޅި އަދި ގދ. ތިނަދޫ ރަށު ކައުންސިލެވެ.

ފަހުގެ ޚަބަރު