2017-07-01 12:27:00

އިދާރީ ދާއިރާތަކުގެ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ ފަންނީ ޤާބިލްކަން އިތުރުކުރުމުގެ ޚާއްޞަ ސެމިނާރ އެއް ފަށައިފި

ސެމިނަރ އޮން މެނޭޖްމަންޓް ކެޕޭސިޓީ ފޯ ލޯކަލް ކައުންސިލްސްގެ ނަމުގައި ޚާއްޞަ ސެމިނަރ އެއް ޗައިނާގެ ނަންޗަންގ ސިޓީގައި މިއަދު ފެށިގެން ކުރިޔަށް އެބަދެއެވެ.  ޖިއާންޒީ ކޮލެޖް އޮފް ފޮރިން ސްޓަޑީޒްގައި ކުރިޔަށް ދާ މި ސެމިނާރ ހުޅުވުމުގެ ރަސްމިއްޔާތުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް މުޙައްމަދު ޝަފީޤް މަޙްމޫދު ވާހަކަފުޅު ދެއްކެވިއެވެ.


ތިން ހަފުތާގެ މުއްދަތަށް ކުރިޔަށްދާ މި ސެމިނާރގައި ރާއްޖޭގެ ފަރާތުން 20 ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި ލޯކަލްގަވަރމަންޓް އޮތޯރިޓީގެ 8 ބޭފުޅުންނާއި ރަށު ކައުންސިލްތަކުން 9 ބޭފުޅުން ހިމެނި ވަޑައިގަންނަވައެވެ. 


ރާއްޖެއަށް ޚާއްޞަކޮށްގެން ކުރިޔަށް ގެންދާ މި ސެމިނާރ ގެ ބައިވެރިން ތަޖުރިބާ ހޯދުމުގެ ގޮތުން ޗައިނާގެ މުހިންމު ސިޓީތަކަށް ޒިޔާރަތް ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ފަހުގެ ޚަބަރު