2017-08-13 11:35:52

ކައުންސިލަރުން މަޤާމަށް އަހުލުވެރިކުރުވުމުގެ ޕްރޮގްރާމް ހައްދުންމަތީ ފޮނަދޫގައި ފެށިއްޖެ

އަލަށް އިންތިޚާބުވި ކައުންސިލަރުން މަޤާމަށް އަހުލުވެރި ކުރުވުމުގެ ގޮތުން ހައްދުންމަތީ އަތޮޅު ކައުންސިލާއި ލޯކަލްގަވަރމަންޓް އޮތޯރިޓީ ގުޅިގެން ކުރިޔަށް ގެންދާ އޮރިއަންޓޭޝަން ޕްރޮގްރާމް ހައްދުންމަތީ ފޮނަދޫގައި މިއަދު ހެނދުނު ފެށިއްޖެއެވެ. މި ޕްރޮގްރާމުގައި ބައިވެރިވެލައްވަނީ ހައްދުންމަތީ ކައުންސިލްތަކުގެ ކައުންސިލަރުންނާއި ޒިންމާދާރުވެރިންނެވެ.


ދެ ދުވަހުގެ މުއްދަތަށް ކުރިޔަށްދާ މި ޕްރޮގްރާމުގައި، ކައުންސިލަރުންގެ ދައުރާއި ޒިންމާ އަދި ސުލޫކީ މިންގަނޑުގެ އިތުރަށް ކައުންސިލްގެ އެންމެހާ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދެވޭނެއެވެ. މި ޕްރޮގްރާމުގައި ކިޔަވާދެއްވާނީ ލޯކަލްގަވަރމަންޓް އޮތޯރިޓީގެ މުވައްޒަފުންނެވެ.

ފަހުގެ ޚަބަރު