ރ. އަތޮޅު ކައުންސިލުން ލައިސަންސް ކާޑު ހަދައިދޭން ފަށަނީ

ރ. އަތޮޅުގައި އަންނަ މަހުން ފެށިގެން ޑްރައިވިން ލައިސަންސް ހަދައިދޭން ފަށާނެ ކަމަށް އެއަތޮޅު ކައުންސިލުން ބުނެފި އެވެ.

އަތޮޅު ކައުންސިލްގެ ރައީސް އަންވަރު އިބްރާހީމް ވިދާޅުވީ ލައިސަންސް ކާޑު ހެދުމަށް ބޭނުންވާ މެޝިނަރީސްތައް މިހާރު ހަމަކޮށްފައިވާ ކަމަށެވެ. އަދި ދެން އޮތީ އެކަމަށް ބޭނުންވާ ބިން ސަރުކާރުން ކަނޑައަޅައިދެއްވުން ކަމަށެވެ.

"އެއިރުން މާލޭގައި ވެސް އެދޭ ފެންވަރުގެ ކާޑު މިކޮޅުން ލިބެން ހުންނާނެ. މިހާރު އެންމެންގެ އަތުގައި ވެސް ހުންނަނީ ލައިސަންސް ފޮތް،" އަންވަރު ވިދާޅުވި އެވެ.

ރ. އަތޮޅަކީ ގާތްގަނޑަކަށް 15000 މީހުންގެ އާބާދީއެއް އޮތް އަތޮޅެކެވެ.

ފަހުގެ ޚަބަރު