ނ. އަތޮޅު ކައުންސިލްގެ ޝަރަފްވެރި ޚިދުމަތްގެ އިނާމް މުހައްމަދު ހުސެއިންނަށް

މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލްގެ ފަރާތުން އަލަށް ތަޢާރަފްކުރި ހޮޅުފަހި އިނާމްގެ އެންމެ ޝަރަފްވެރި އިނާމްކަމުގައިވާ ޚިދުމަތްގެ އިނާމް ހޮޅުދޫ ނައިފަރީގޭ މުހައްމަދު ހުސެއިންނަށް ލިބިލައްވައިފި އެވެ.

ހޮޅުދޫ ކައުންސިލްގެ ދެވަނަ ދައުރު ފުރަތަމަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ހާއްސަ ޖަލްސާގައި މުހައްމަދު ހުސެއިނަށް ހޮޅުފަހި އިނާމް އަރުވާފައިވާ އެޖަލްސާގެ ޝަރަފްވެރި މެހްމާން ނ. އަތޮޅު ކައުންސިލްގެ ރައީސް އަލީ ޝަރީފެވެ.

ހިދުމަތުގެ އިނާމް ހާސިލްކުރި މުހައްމަދު ހުސެއިންނަކީ 62 އަހަރަށްވުރެ ދިގު މުއްދަތަށް ތައުލީމީ ދާއިރާއަށް ހިދްމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާގެ އިތުރުން ހޮޅުދުއަށް ރީތިނަން ހޯދައިދީގެން ހޮޅުފަހި އިނާމް ޖުމްލަ ވިހި ފަރާތަށް ލިބިފައިވެއެވެ.

މިރަސްމިއްޔާތުގެ ވޭތުވެ ދިޔަ އަހަރު ހޮޅުދޫ ކައުންސިލަށް އެކިގޮތްގޮތުން އެހީތެރިވެދެއްވި ފަރާތްތަކަށްވެސް އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ސެޓްފިކެޓް ދީފައިވާއިރު މިޖަލްސާގައި ހޮޅުދޫ ކައުންސިލަށް ދިހަ ހާހަށްވުރެ މަދުނޫން އަދަދެއްގެ ފައިސާގެ އެހީ ނުވަތަ ތަކެތީގެ އެހީ ވެދެއްވި ފަރާތްތަކަށްވެސް ވަނީ އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ފިލައާއި ހަނދާނީ ލިޔުން ދީފައިވެ އެވެ.

މިޖަލްސާގައި ކުރިއަށްއޮތް އަހަރު ހޮޅުދޫ ކައުންސިލުން ހިންގާނެ ޕްރޮޖެކްޓްތަކާއި އަދި ކުޅިވަރު ކަލަންޑަރު ވަނީ އިއުލާންކޮށްފަ އެވެ.

ފަހުގެ ޚަބަރު