ރ. އަތޮޅު ފޯރަމް ބާއްވައފި

މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމްކޮށް ލޯކަލް ގަވަރމަންޓް އޮތޯރިޓީއައި ގުޅިގެން މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު މަހާސިންތާ 10 – 11 މެއި 2015 އަށް މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި މަހާސިންތާއަކީ މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލާއި އެއަތޮޅުގެ ރަށު ކައުންސިލްތަކާއިއެކު މަޝްވަރާކޮށް ކައުންސިލްތަކުގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމަކީ ކޮބައިތޯބަލާ، އެކަން ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ގޮތްތަކެއް ކަނޑައެޅުމަށް ބޭއްވި މަހާސިންތާއެކެވެ. މިގޮތުން މިމަހާސިންތާގައި ކައުންސިލްތައް ހިންގުމަށް ހުރި ގޮންޖެހުންތައް ޙައްލުކުރުމަށް ޢަމަލުކުރެވިދާނެ ގޮތްތަކާއި، އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކުގެ ގުޅުން ބަދަހި ކުރުމަށް ކުރެވިދާނެ ކަންކަމާއި އަދި ރަށު ކައުންސިލްތަކުގެ އާމްދަނީ އިތުރުކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރެވުނެއެވެ.

މިމަހާސިންތާގައި މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކުގެ ކައުންސިލަރުންނާއި އިދާރީ މުވައްޒަފުން ހިމެނޭ ގޮތަށް ޖުމުލަ 29 ފަރާތަކުން ވަނީ ބައިވެރިވެލައްވާފައެވެ.

ފަހުގެ ޚަބަރު