ލަމާރުކަޒީ ނިޒާމާގުޅޭ 101 ސުވާލު ފޮތް ރައްޔިތުން މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުޤައްރިރު ނެރެދެއްވައިފި


18 Apr 2021

މި އޮތޯރިޓީގެ ފަރާތުން އެކުލަވާލައިފައިވާ ލަމާރުކަޒީ ނިޒާމާގުޅޭ 101 ސުވާލު ފޮތް ރައްޔިތުން މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުޤައްރިރު ހުޅުމާލެ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަލްފާޟިލް ޢަލީ ނިޔާޒު ނެރެދެއްވައިފިއެވެ. މި ފޮތް ނެރެދެއްވާފައިވަނީ މިއަދު ފޭސްބޫކް ލައިވްކޮށް ބޭއްވުނު ހަފުލާއެއްގައެވެ.

މިފޮތަކީ، ލާމަރުކަޒީ ނިޒާމާއި ދިވެހިރާއްޖޭގައި ލާމަރުކަޒީ ނިޒާމް ބައްޓަންވެފައިވާ ގޮތާއި، ލާމަރުކަޒީ ޤާނޫނުގެ ދަށުން އުފެދިފައިވާ ކައުންސިލްތަކާއި، އެކައުންސިލްތަކަށް އިންތިޚާބުކުރެވޭ ކައުންސިލަރުންނާއި އަދި މިނިޒާމާއި ރައްޔިތުންނާއި ހުރި ގުޅުމާއި ގުޅޭގޮތުން މުހިއްމު މައުލޫމާތުތަކެއް އާއްމުންނަށް ފޯރުކޮށްދިނުމުގެ މަޤްސަދުގައި 101 ސުވާލާއި ޖަވާބުގެ މައްޗަށް ތައްޔާރުކޮށްފައިވާ ފޮތެކެވެ.

މިފޮތުގެ ސަބަބުން އަލަށް އިންތިޚާބުވެފައިވާ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންނަށްވެސް ލާމަރުކަޒީ ނިޒާމާ ގުޅުން ހުރި ތަފާތު އެކި ސުވާލުތަކުގެ ޖަވާބު ލިބިގެންދާނެއެވެ.