ވެލިދޫ އަންހެނުންގެ ކޮމިޓީގެ ރައީސާއަކަށް އަސްފާ

ނ. ވެލިދޫ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާގެ މަގާމަށް އެ ރަށު ބުލޫހައުސް އާމިނަތު އަސްފާ ހޮވައިފި އެވެ.


އޭނާ މި މަގާމަށް ހޮވީ ކޮމިޓީގެ މެމްބަރުންގެ މެދުގައި ވޯޓުލައިގެންނެވެ. މި މަގާމަށް އަސްފާއާ ވާދަކުރީ ނިމިދިޔަ ދައުރުގެ ރައީސާ ޖީހާން މުހައްމަދެވެ. ޖީހާނަށް ތިން ވޯޓު ލިބުނުއިރު އަސްފާ އަށް ހަތަރު ވޯޓު ލިބުނެވެ.


ކޮމިޓީގެ ނާއިބް ރައީސަކީ އެ ރަށު ވިލުދޮޅި ފާތިމަތު ފަޔާޒާ އެވެ. މިމަގާމަށް ކުރިމަތިލީ ވެސް އޭނާ އެކަންޏެވެ.


ކޮމިޓީގެ އެހެން މެމްބަރުންނަކީ ފާތިމަތު ރިޒްވީން އާއި އަސްފާ އަދި ޝަރީފާ ހަސަން އާއި ފާތިމަތު އިބްރާހީމް އާއި އައިޝަތު އާދަމެވެ.


ކޮމިޓީގެ މެމްބަރުން މަގާމާ ހަވާލުވުމާއި ރައީސް މަގާމުގެ އިގްރާރުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ވަނީ ބާއްވާފަ އެވެ.

ފަހުގެ ޚަބަރު