ދެކުނު އޭޝިޔާގެ ސިޓީ ސަމިޓަށް ސީއީއޯ އިންޑިޔާ އަށް

ދެކުނު އޭޝިޔާގެ ސިޓީ ސަމިޓަށް އެލްޖީއޭގެ ސީއީއޯ ފާރޫގް މުހައްމަދު ހަސަން އިންޑިޔާ އަށް ވަޑައިގެންފި އެވެ.


ވެރިރަށް ނިއުދިއްލީގައި މާދަމާއިން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ބާއްވާ ސަމިޓްގައި މައިގަނޑުގޮތެއްގައި ހަތް ދާއިރާއަކުން ކަރުދާސް ހުށަހަޅާނެ އެވެ.


ސަރަހައްދުގެ މޭޔަރުންނާއި ސަރުކާރުތަކުގެ އިސްވެރިންނާއި ކޮމިޝަނަރުން އަދި ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކުގެ އިތުރުން އެކިދާއިރާތަކުގެ ތަޖުރިބާކާރުން ބައިވެރިވެވަޑައިގަންނަވާ މި ސަމިޓްގައި ސީއީއޯ ތަގުރީރުކުރައްވާނެ އެވެ.


ދެ ދުވަހަށް ބާއްވާ މި ސަމިޓްގައި ކަރުދާސް ހުށަހަޅާ ދާއިރާތަކުގެ ތެރޭގައި ބިލްޑިން އިންފްރާންސްޓްރަކްޗާ އާއި އާބަން މޮބިލިޓީ އަދި ވޯޓާ ސަޕްލައި އާއި ވޭސްޓް މެނޭޖްމަންޓުގެ އިތުރުން އިއާދަކުރުވަނިވި ހަކަތަ ބޭނުން ކުރުމުގެ ދާއިރާ ހިމެނެ އެވެ.

ފަހުގެ ޚަބަރު