ލޯކަލް ގަވަރމަންޓް އޮތޯރިޓީ
Local Government Authority
މި އޮތޯރިޓީގެ 2023 ވަނަ އަހަރުގެ ޕީ.އެސް.އައި.ޕީ ބަޖެޓްގައި ހިމެނިގެން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ 5 ރަށެއްގައި އައު ކައުންސިލް އިދާރާ އެޅުމުގެ އެއްބަސްވުމުގައި މި އޮތޯރިޓީއާއި އެ ކައުންސިލްތަކާއެކު މިއަދު ސޮއިކޮށްފިއެވެ. އެ ރަށްތަކަކީ ހއ.މުރައިދޫ، ބ.ދޮންފަނު، އދ. ދިއްދޫ، މ.ވޭވަށް އަދި ގދ. ރަތަފަންދޫއެވެ. މިހާރު މި އޮތޯރިޓީގެ ޕީއެސްއައިޕީ ބަޖެޓްގައި މުޅިއެކު 34 ރަށެއްގެ މަޝްރޫއުތައް ހިމެނިފައިވެއެވެ.
މި އެއްބަސްވުންތަކުގައި ސޮއިކުރުން ކުރިޔަށް ގެންގޮސްފައިވަނީ މި އޮތޯރިޓީއާއި ކައުންސިލްތަކާއެކު ބޭއްވުނު އޮންލައިން ބައްދަލުވުމެއްގައެވެ. މި އޮތޯރިޓީގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ މި އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ފާތިމަތު އަފްޝާން ލަޠީފެވެ. ކައުންސިލްތަކުގެ ފަރާތުން ސޮއިކޮށްފައިވަނީ ކައުންސިލްތަކުގެ ރައީސުންނެވެ.
މިއަހަރުގެ ނިއު ޕްރޮޖެކްޓް އިނީޝިއޭޓިވްސްގެ ދަށުން މި އޮތޯރިޓީއަށް ލިބިފައިވަނީ 10 މިލިޔަން ރުފިޔާގެ ބަޖެޓެކެވެ.