ޔޫ.އެސް.އޭ.އައި.ޑީގެ ވަފުދެއް ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި މި އޮތޯރިޓީގެ ސީ.އީ.އޯ އާއި ބައްދަލުކުރެއްވުން


23 Jan 2024

ޔުނައިޓެޑް ސްޓޭޓްސް އޭޖެންސީ ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫ.އެސް.އޭ.އައި.ޑީ) ގެ އެސިސްޓަންޓް ޓު ދަ އެޑްމިނިސްޓްރޭޓަރ ފޮރ ދަ ބިއުރޯ ފޮރ ޑިމޮކްރަސީ، ހިއުމަން ރައިޓްސް އެންޑް ގަވަރނަންސް، މިސް ޝެނަން ގްރީން އާއި ޔޫ.އެސް.އޭ.އައި.ޑީގެ ވަފުދެއް ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި މި އޮތޯރިޓީގެ އިސްބޭފުޅުންނާ ބައްދަލުކުރެއްވިއެވެ.
މި ބައްދަލުވުމުގައި ލާމަރުކަޒީ ނިޒާމާއި ގުޅޭގޮތުންނާއި ރައްޔިތުން މި ނިޒާމާމެދު ދެކޭގޮތާއި އުއްމީދުކުރައްވާ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އޭގެއިތުރުން ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސްގެ މެންޑޭޓާއި ފަންކްޝަންތަކާއި ދެ އިދާރާގެ ގުޅުމާއި ގުޅޭގޮތް މަޝްވަރާކުރެވުނެވެ. އަދި ޕީ.އެސް.އައި.ޕީ ޕްރޮޖެކްޓްތަކާއި ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ. ލާމަރުކަޒީ ނިޒާމުން ރައްޔިތުން ވަރަށް ގިނަ ކަންކަމަށް އުއްމީދުކުރެއްވި ނަމަވެސް ކައުންސިލްތަކުން ކުރަން ލާޒިމްކުރާ ޒިންމާތައް ގިނަވުމާއެކު ކައުންސިލްތަކަށް ލިބޭ ކުޑަ ބަޖެޓުން ގިނަ މަސައްކަތްތަކެއް ކުރުމުގައި ދަތިތަކެއް ހުރިކަމަށް ފާހަގަކުރެއްވިއެވެ. 
ރާއްޖޭގެ އެކި ސަރަހައްދުގައި އަރބަން ސެންޓަރުތަކެއް ޤާއިމްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާ ސަރުކާރުގެ ހަފްތާ 14 ގެ ޕްލޭންއާއި ގުޅޭގޮތުންވެސް ވާހަކަ ދެކެވުނެވެ.