ލޯކަލް ގަވަރމަންޓް އޮތޯރިޓީ
Local Government Authority
ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް މުޙައްމަދު ނިމާލް އާއި އޮތޯރިޓީގެ ހަތަރު ބޭފުޅަކު ސެޕްޓެމްބަރ މަހުގެ 20 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހާ ހަމައަށް ނ.އަތޮޅުގެ ބައެއް ރަށްތަކަށް ދަތުރުފުޅެއް ކުރައްވައިފިއެވެ. މިދަތުރުގައި އެ އަތޮޅުގެ ހަތް ރަށަކަށް ޒިޔާރާތް ކުރެއްވިއެވެ. އެ ރަށްތަކަކީ ނ.ކެނދިކުޅުދޫ، ނ.ހެނބަދޫ، ނ.މާޅެންދޫ، ނ.ކުޑަފަރީ، ނ.މަގޫދޫ، ނ.މިލަދޫ އަދި ނ. ވެލިދޫއެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނުވަނީ ޒިޔާރަތްކުރެއްވި ހަތް ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމީޓީއާއި ބައްދަލުކުރައްވާ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމީޓީތަކަށް ދިމާވެފައިވާ މައްސަލަތަކާމެދު މަޝްވަރާކުރައްވާފައެވެ.
ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ބާރުވެރިކުރުމަށްޓަކައި ރަށު ކައުންސިލްތަކާއި އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ބައްދަލުކުރެއްވުމަށް ކުރިއަށް މި ފަދަ އެތައް ދަތުރުތަކެއް ވަނީ ރޭވިފައެވެ.