ލޯކަލް ގަވަރމަންޓް އޮތޯރިޓީ
Local Government Authority
ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި، ހިންގުމާގުޅޭ ތަމްރީނު ޕްރޮގުރާމު' ލޯކަލް ގަވަމަންޓް އޮތޯރިޓީއާއި ޔޫ.އެން.ޑީ.ޕީ ގުޅިގެން ފަށައިފައިވަނީ މިމަހުގެ 5 ވަނަ ދުވަހުއެވެ. މި ތަމްރީން ޕްރޮގްރާމްގެ އަމާޒަކީ ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި، ހިންގުމުގެ ކަންކަން ގެންދާނެ ގޮތުގެ އަސާސީ މައުލޫމާތު ޕޮރްގުރާމުގެ ބައިވެރިންނާ ހިއްސާކުރުމާއި، ލޯކަލް އޮތޯރިޓީ ކުންފުނި ހިންގުމުގެ މަސައްކަތް ކުރުމުގައި ބޭނުން ކުރެވިދާނެ ވިޔަފާރި ހިންގުމުގެ ހުނަރުތަކާއި ޓޫލްތައް ޕޮރްގުރާމުގެ ބައިވެރިންނަށް ތަޢާރުފްކޮށް އެއާގުޅޭ އިރުޝާދު ދެވުނެވެ.
މި ތަމްރީނު ޕްރޮގްރާމުގައި ލޯކަލް އޮތޯރިޓީ ކުންފުނީގެ އިދާރީ އަދި މާލީ ކަންކަން، ވިޔަފާރި ނަޒަރިއްޔާއަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުން، ވިޔަފާރި ވެށި ދިރާސާ ކުރުމާއި، އިގްތިސާދު ކުރިއަރުވަން ކުރެވިދާނެ ކަންކަމާއި ކުންފުނީގެ ވިޔަފާރި ޕްލޭންތައް އެކުލަވާލުންފަދަ މުހިއްމު ބައިތައް ނަގާދެވުނެވެ.
މި މަހުގެ 5 އިން ފެށިގެން 8 އަށް މާލޭގައި ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމުގައި އަތޮޅު އަދި ސިޓީ ކައުންސިލްތަކާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ފަރާތުން ޖުމްލަ 23 ބައިވެރިން ބައިވެރިވިއެވެ.
މި ތަމްރީން ޕްރޮގުރާމުގެ ސެޝަންތައް ނަގާދެއްވާނީ މިއޮތޯރިޓީގެ ފެސިލިޓޭޓަރުންގެ އިތުރުން ޔޫއެންޑީޕީގެ ކޮންސަލްޓެންޓުންގެ ޓީމުންނެވެ.