ލޯކަލް ގަވަރމަންޓް އޮތޯރިޓީ
Local Government Authority
ނޭޝަނަލް އިންސްޓިޓިއުޓް އޮފް ރޫރަލް ޑިވެލޮޕްމަންޓް އެންޑް ޕަންޗަޔާތީ ރާޖް (އެން.އައި.އާރު.ޑީ.ޕީ.އާރު)އާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީ ދެމެދު ސޮއިކުރެވިފައިވާ އެމް.އޯ.ޔޫގެ ދަށުން ކުރިއަށް ގެންދާ "ކެޕޭސިޓީ ބިލްޑިންގ އެންޑް ޓްރެއިނިންގ އޮފް މެމްބަރސް އޮފް ލޯކަލް ކައުންސިލްސް އެންޑް ވިމެންސް ޑިވެލޮޕްމަންޓް ކޮމިޓީ އެންޑް ސްޓާފް އޮފް ލޯކަލް ގަވަރމަންޓް އޮތޯރިޓީ" ގެ 6 ވަނަ ބެޗުގެ ބައިވެރިން ތަމްރީނަށް ފުރުމުގެ ކުރިން ބައިވެރިންނަށް ހާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ. މި ފަހަރުގެ ޕްރޮގްރާމް ހާއްސަކޮށްފައިވަނީ "ލޭންޑް ޔޫޒް ޕްލޭނިންގ އެންޑް ޖީ.އައި.އެސް، އަރބަން ޑެވެލޮޕްމަންޓް ޕްލޭނިންގ" އަށެވެ. 20 ޖުލައި 2024 ވީ ހޮނިހިރު ދުވަހު ލޯކަލް ގަވަރމަންޓް ބޭއްވުނު މި ރަސްމިއްޔާތުގައި އިންޑިއަން ހައިކޮމިޝަނަރ އޮނޮރޮބަލް ޝްރީ މުނޫ މަހާވަރު އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޑރ. މަރިޔަމް ޒުލްފާ ބައިވެރިވެވަޑައިގެން ތަމްރީނުގައި ބައިވެރިންނާއި މުޚާތަބުކޮށްވަނީ ވާހަކަފުޅު ދައްކަވާފަވެއެވެ. މި ތަމްރީނުގައި ކައުންސިލްތަކުގެ 26 މުވައްޒަފުންނާއި އެލް.ޖީ.އޭގެ 4 މުވައްޒަފުން ހިމެނޭ ގޮތަށް ޖުމްލަ 30 ބައިވެރިން ބައިވެރިވެވަޑައިގަންނަވައެވެ. މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 21 ޖުލައި 2024 އިން 3 އޮގަސްޓް 2024 އަށް އިންޑިއާގެ ހައިދަރުއާބާދު ގައެވެ.
Sending-off ceremony for the participants of ‘Land Use Planning & GIS, Urban Development planning – Council’s Staffs
A sending-off ceremony was held for the participants of the ‘Land Use Planning & GIS, Urban Development Planning’ program. During the event, His Excellency Shri Munu Mahawar and Dr. Mariyam Zulfa, CEO of the Local Government Authority, delivered speeches to the attendees. This program features 30 participants, comprising 26 council staff members and 4 staff members from the LGA. This cohort marks the 6th batch of trainees under the Memorandum of Understanding (MoU) between the National Institute of Rural Development and Panchayati Raj (NIRDPR) of India and the LGA. The training sessions are scheduled to run from July 21 to August 3, 2024, in Hyderabad