ލޯކަލް ގަވަރމަންޓް އޮތޯރިޓީ
Local Government Authority
ލޯކަލް ކައުންސިލްތަކުގައި އިންޓަރނަލް އޮޑިޓް ފަންކްޝަން ޤާއިމުކުރުމުގެ މަސައްކަތް ކުރުމަށް އިންޓަރނަލް އޮޑިޓް ޕައިލަޓް ޕްރޮގްރާމްގެ ދަށުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޓީމެއް ވަނީ ސެޕްޓެމްބަރ މަހުގެ 7 އިން 19 އަށް ހދ އަތޮޅަށް ދަތުރުކޮށްފައެވެ. މި ދަތުރުގައި އެލް.ޖީ.އޭ ގެ ފަރާތުން މޮނިޓަރިންގ ސެކްޝަންގެ 3 މުވައްޒަފުންނާއި، ކައުންސިލް ކޯޕަރޭޓް ސެކްޝަނުން 2 މުވައްޒަފުންނާއި، ލީގަލް ސެކްޝަނުން 1 މުވައްޒަފަކު ވަނީ ބައިވެރިވެފައެވެ.
މި ޕްރޮގްރާމަކީ އިންޓަރނަލް އޮޑިޓް ކޮންސެޕްޓްތައް ތަންފީޒު ކުރުމުގެ ގޮތުން، އައި.ޕީ.ޕީ4 ގެ މިންގަނޑުތަކާއި އެއްގޮތަށް ހުރިހާ އަތޮޅު ކައުންސިލްތަކަކާއި ސިޓީ ކައުންސިލްތައް މޮނިޓަރކުރުމަށްޓަކައި އެލް.ޖީ.އޭއިން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ. މިގޮތުން އިންޓަރނަލް އޮޑިޓް ކޮންސެޕްޓްގެ ދަށުން ރަށު ކައުންސިލްތައް މޮނިޓަރ ކުރުމަށްޓަކައި އަތޮޅު ކައުންސިލްގެ މޮނިޓަރިންގ ސްޓާފުންނަށް އިރުޝާދާއި ތަމްރީނު ދިނުމުގެ ސެޝަންތަކާއި މަޝްވަރާ ބައްދަލުވުންތައް ބޭއްވިގެންދާނެއެވެ.
ހދ އަތޮޅަށް ކުރެވުނު މި ދަތުރުގެ މައިގަނޑު މަޤްޞަދަކީ ހދ.އަތޮޅު ކައުންސިލްގައި އިންޓަރނަލް އޮޑިޓް ފަންކްޝަނެއް ޤާއިމުކުރުމާއި، އަތޮޅު ކައުންސިލް މެދުވެރިކޮށް، އިންޓަރނަލް އޮޑިޓް ކޮންސެޕްޓްތަކާއި އެއްގޮތަށް އެ ކައުންސިލްތަކުގެ އިޚްތިޞާޞްގެ ތެރޭގައިވާ ރަށު ކައުންސިލްތައް މޮނިޓަރ ކުރެވޭނެ މަގުފަހިކޮށްދިނުމެވެ.
މިގޮތުން އެލް.ޖީ.އޭގެ ޓީމުން ވަނީ ހދ. އަތޮޅު ކައުންސިލާއި، ހދ. ކުޅުދުއްފުށީ ސިޓީ ކައުންސިލާއި، ހދ. ނޮޅިވަރަންފަރު ކައުންސިލް ގެ އިސްވެރިންނާއި މެންބަރުންނާއި އެކު މަޝްވަރާ ބައްދަލުވުންތައް ބާއްވައި ތަމްރީނު ދިނުމުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައެވެ.
ކުރިއަށް އޮތް ތަނުގައި ލޯކަލް ކައުންސިލްތަކުގައި އިންޓަރނަލް އޮޑިޓް ފަންކްޝަން ޤާއިމުކުރުމަށް އިންޓަރނަލް އޮޑިޓް ޕައިލަޓް ޕްރޮގްރާމްގެ ދަށުން ތަމްރީނު ދިނުމުގެ މަސައްކަތްތައް ކުރެވިގެންދާނެއެވެ.