ކޮނޑޭ ކައުންސިލްގެ ތިން ބޭފުޅުން ހުވާކުރައްވައިފި


13 Jan 2018

އިންތިހާބުގެ މައްސަލަ ކޯޓުގައި ދިގުލައިދިއުމުން ފާއިތުވެދިޔަ ހަތް މަސްދުވަސް ވަންދެން ހުވާނުކުރެވި ތިބި، ގއ. ކޮނޑޭ ކައުންސިލްގެ ހަތަރު މެމްބަރުންގެ ތެރެއިން ތިން މެމްބަރަކު ހުވާ ކުރައްވައިފި އެވެ.     ޖުމުލަ ފަސް މެމްބަރުން ތިއްބަވާ ކޮނޑޭ ކައުންސިލަށް އިންތިހާބުވި ހަތަރު މެމްބަރުންގެ ތެރެއިން އެއްބޭފުޅަކު ވަނީ ހުވާ ކުރެއްވުމުގެ ކުރިން އިސްތިއުފާ ދެއްވައިފަ އެވެ.     ސުޕުރީމް ކޯޓުމުގެ ހުކުން ކޮށްފައިވަނީ ކޮނޑޭ ކައުންސިލްގެ ފަސްވަނަ މެމްބަރު އިންތިހާބު ކުރުމަށް ކުރީ އިންތިހާބުގައި ފަސް ވަނަ އާއި ހަ ވަނަ އަށް ދިޔަ ބޭފުޅުންގެ މެދުގައި މި މަހުގެ 27 ވަނަ ދުވަހު ބައި އިލެކްޝަން ބޭއްވުމަށެވެ. ކޮނޑޭ ކައުންސިލްގެ މައްސަލަ ކޯޓުން ނިންމަންޖެހުނީ އެންމެ ވޯޓެއްގެ ތަފާތުން ހަ ވަނަ އަށް ދިޔަ ކެނޑިޑޭޓް އިންތިހާބު ބާތިލްކޮށްދިނުމަށް ހައިކޯޓަށް ހުށަހެޅުމުންނެވެ. އަދި މި އިންތިހާބު ބާތިލްކުރަން ހައިކޯޓުން ހުކުމްކުރި ނަމަވެސް، ސުޕްރީމް ކޯޓުން ނިންމީ ފަހަކާއި ހަޔަކަށް ދިޔަ ދެ ބޭފުޅުންގެ މެދުގައި އިންތިހާބު ބާއްވައިގެން ކައުންސިލްގެ ފަސް ވަނަ މެމްބަރު އިންތިހާބު ކުރުމަށެވެ.     ކޮނޑޭ ކައުންސިލް މެމްބަރުންގެ ގޮތުގައި ހުވާ ކުރެއްވި ތިން ބޭފުޅުންނަކީ އެރަށު ނޫއަލި، މުރުތަޟާ ސަލީމާއި، އެރަށު ދޯދި، އަހުމަދު އިބްރާހިމާއ ކޮނޑޭ، ކުދިމާގޭ ސިޔާމް މުހައްމަދެވެ. މި ތިން ކައުންސިލަރުން ހުވާ ކުރައްވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެ ރަށު ސްކޫލްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.އިންތިހާބުގެ މައްސަލަ ކޯޓުގައި ދިގުލައިދިއުމުން ފާއިތުވެދިޔަ ހަތް މަސްދުވަސް ވަންދެން ހުވާނުކުރެވި ތިބި، ގއ. ކޮނޑޭ ކައުންސިލްގެ ހަތަރު މެމްބަރުންގެ ތެރެއިން ތިން މެމްބަރަކު ހުވާ ކުރައްވައިފި އެވެ.     ޖުމުލަ ފަސް މެމްބަރުން ތިއްބަވާ ކޮނޑޭ ކައުންސިލަށް އިންތިހާބުވި ހަތަރު މެމްބަރުންގެ ތެރެއިން އެއްބޭފުޅަކު ވަނީ ހުވާ ކުރެއްވުމުގެ ކުރިން އިސްތިއުފާ ދެއްވައިފަ އެވެ.     ސުޕުރީމް ކޯޓުމުގެ ހުކުން ކޮށްފައިވަނީ ކޮނޑޭ ކައުންސިލްގެ ފަސްވަނަ މެމްބަރު އިންތިހާބު ކުރުމަށް ކުރީ އިންތިހާބުގައި ފަސް ވަނަ އާއި ހަ ވަނަ އަށް ދިޔަ ބޭފުޅުންގެ މެދުގައި މި މަހުގެ 27 ވަނަ ދުވަހު ބައި އިލެކްޝަން ބޭއްވުމަށެވެ. ކޮނޑޭ ކައުންސިލްގެ މައްސަލަ ކޯޓުން ނިންމަންޖެހުނީ އެންމެ ވޯޓެއްގެ ތަފާތުން ހަ ވަނަ އަށް ދިޔަ ކެނޑިޑޭޓް އިންތިހާބު ބާތިލްކޮށްދިނުމަށް ހައިކޯޓަށް ހުށަހެޅުމުންނެވެ. އަދި މި އިންތިހާބު ބާތިލްކުރަން ހައިކޯޓުން ހުކުމްކުރި ނަމަވެސް، ސުޕްރީމް ކޯޓުން ނިންމީ ފަހަކާއި ހަޔަކަށް ދިޔަ ދެ ބޭފުޅުންގެ މެދުގައި އިންތިހާބު ބާއްވައިގެން ކައުންސިލްގެ ފަސް ވަނަ މެމްބަރު އިންތިހާބު ކުރުމަށެވެ.     ކޮނޑޭ ކައުންސިލް މެމްބަރުންގެ ގޮތުގައި ހުވާ ކުރެއްވި ތިން ބޭފުޅުންނަކީ އެރަށު ނޫއަލި، މުރުތަޟާ ސަލީމާއި، އެރަށު ދޯދި، އަހުމަދު އިބްރާހިމާއ ކޮނޑޭ، ކުދިމާގޭ ސިޔާމް މުހައްމަދެވެ. މި ތިން ކައުންސިލަރުން ހުވާ ކުރައްވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެ ރަށު ސްކޫލްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.