ލޯކަލް ގަވަރމަންޓް އޮތޯރިޓީ
Local Government Authority
ލޯކަލްގަވަރމަންޓް އޮތޯރިޓީން ކޮންމެ އަހަރަކުވެސް ފާހަގަކުރަމުންގެންދާ ލާމަރުކަޒީ ދުވަހުގެ ބައެއް ހަރަކާތްތައް މި އަހަރު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކ.ގުރައިދޫގައެވެ. މި ހިނގާ މާރިޗު މަހުގެ 23 އިން 25 އަށް ކ.ގުރައިދޫގައި ކުރިޔަށްދާ މި ހަރަކާތްތަކަށް ތައްޔާރުވުމުގެ އަމަލީ މަސައްކަތް ފެށިގެން ކުރިޔަށް އެބަދެއެވެ.
ލޯކަލްގަވަރމަންޓް އޮތޯރިޓީއާއި ކ.ގުރައިދޫ ކައުންސިލް ގުޅިގެން ކުރިޔަށް ގެންދާ މި ހަރަކާތްތަކުގެ ތެރޭގައި ކ.ގުރައިދޫ މުއައްސަސާތަކަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ ސުވާލު މުބާރާތަކާއި ކުޑަކުދިންނަށް ޚާއްޞަ ކުރެވިގެން ބާއްވާ އާއިލީ ހަވީރާއި ސްކޫލް ކުދިންނަށް އަމާޒުކޮށްގެން ކުރިޔަށްގެންދާ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމުގެ އިތުރުން ކަންގަތި އެވޯޑް ދިނުމުގެ ރަސްމީ ޖަލްސާ ހިމެނެއެވެ.
ލާމަރުކަޒީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ފެބުރުއަރީ މަހުގެ 26 ވަނަ ދުވަހެވެ. އެއީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް އިންތިޚާބު ކުރެވުނު ކައުންސިލަރުން ހުވާ ކުރެއްވުނު ދުވަހެވެ.