ލޯކަލް ގަވަރމަންޓް އޮތޯރިޓީ
Local Government Authority
ރ. ދުވާފަރުގައި އިމާރާތްކޮށްފައިވާ މަސްމާރުކޭޓްގެ ފައިނަލް އިންސްޕެކްޝަންގެ މަސައްކަތް ނިމިއްޖެއެވެ. ސްވިފްޓް އިންޖިނިއަރިންގ ޕވޓ ލޓޑ އާއި ހަވާލުކޮށްގެން މި އޮތޯރިޓީގެ ޕީ.އެސް.އައި.ޕީ މަޝްރޫޢުގެ ގޮތުގައި ކުރެވުނު މި މަސައްކަތުގެ އަގަކީ 2,541,604/76 އެވެ. މި މަސްމާރުކޭޓުގެ ބޭނުންކުރަން ފެށުމާއެކު އެރަށުގެ މަސްވެރިންނަށް ފަސޭހަކަމާއެކު މަސްވިއްކުމާއި މަސްކެނޑުމުގެ އިންތިޒާމް ފަހިވެގެންދާނެއެވެ.