ލޯކަލް ގަވަރމަންޓް އޮތޯރިޓީ
Local Government Authority
ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން އިންތިޒާމްކޮށްގެން މަދިރިއާއި ބަލިފަތުރާ އެހެނިހެން ޖަނަވާރާއި ސޫފާސޫފި މަދުކުރުމަށް ހިންގުނު ޓްރޭނިން ޕްރޮގުރާމްގައި އެލްޖީއޭއިން ބައިވެރިވެއްޖެއެވެ. މި ހިނގާ ޖެނުއަރީމަހުގެ 19 އިން 21 ނިޔަލަށް ބ. އޭދަފުށީގައި ކުރިޔަށްދިޔަ މި ޕްރޮގުރާމްގައި މަދިރިއާއި ބަލިފަތުރާ އެހެނިހެން ޖަނަވާރާއި ސޫފާސޫފި މަދުކުރުމަށް ކުރެވިދާނެ ކަންތައްތަކާއި، މިކަމަށް އާންމުން ހޭލުންތެރި ކުރުމަށް ކުރެވިދާނެކަންތައްތަކާއި، މި ޕްރޮގްރާމް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ސިޓީ ކައުންސިލް، އަތޮޅު ކައުންސިލް އަދި ރަށު ކައުންސިލް ތަކުން ކުރެވިދާނެ ކަންތައްތަކަކީ ކޮބައިކަން ޕްރޮގުރާމުގެ ބައިވެރީންނަށް މި އޮތޯރިޓީގެ ފަރާތުން މައުލޫމާތުފޯރުކޮށްދެވުނެވެ. މި ޕްރޮގުރާމްގައި މި އޮތޯރިޓީގެ ފަރާތުން މައުލޫމާތު ދެއްވާފައިވަނީ ކައުންސިލް ކޯޕަރޭޓްގެ އެސިސްޓެންޓް ޑިރެކްޓަރ ޢަބްދުﷲ ރަޝީދެވެ.