ލޯކަލް ގަވަރމަންޓް އޮތޯރިޓީ
Local Government Authority
ލޯކަލްގަވަރމަންޓް އޮތޯރިޓީގެ ފަރާތުން ރޭ ސެންޓްރަލް ހޮޓެލްގައި ކުރިޔަށްދިޔަ މި ހަފްލާގައި 2017 ވަނަ އަހަރުގެ އެމްޕްލޯއީ ޕާފޯމަންސް އެވޯޑް ހާސިލްކުރެއްވި މުވައްޒަފުންނަށް އެވޯޑް ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި ރަސްމިއްޔާތަކީ 2017 ވަނަ އަހަރު މި އޮތޯރިޓީގެ މުވައްޒަފުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވުނު މުވައްޒަފުންނަށް އެވޯޑާއި ހަނދާނީ ލިޔުން ހަވާލުކުރުމަށް ބޭއްވުނު ރަސްމިއްޔާތެކެވެ.
މި ހަފްލާގައި އެވޯޑް ހާސިލްކުރެއްވި މުވައްޒފުންނަށް އެވޯޑް ބައްސަވާދެއްވީ މި ހަފްލާގެ ޝަރަފުވެރި މެހެމާނު މި އޮތޯރިޓީގެ ރައީސް އޮނަރަބްލް އައްޝައިޚު ޢިމްރާން ޢަބްދުﷲއެވެ. މި ރަސްމިއްޔާތުގައި ތިން ކެޓަގަރީއަކުން ޖުމްލަ 7 މުވައްޒަފުން އެވޯޑް ޙާސިލްކޮށްފައިވެއެވެ.
•ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ އެމްޕްލޯއީ ޕާފޯމެންސް އެވޯޑަކީ މިއޮތޯރިޓީގެ މުވައްޒަފުން މަސައްކަތްތަކަށް ޝައުގުވެރިކުރުވުމާއި، ގިނަދުވަހު އޮތޯރިޓީގެ ވަޒީފާގައި ދެމެހެއްޓުމާއި، މަސައްކަތުގެ ފެންވަރާއި މަސައްކަތުގެ ހަލުވިމިން ކުރިއެރުވުމާއި، ރަނގަޅު އަހްލާގެއްގެ މަތީ ދެމިތިބުމަށް މުވައްޒަފުންނަށް ހިތްވަރު ދިނުމުގެ މަގްސަދުގައި 2016 ވަނަ އަހަރު މި އޮތޯރިޓީއަށް ތައާރަފްކުރެވި މުވައްޒަފުންނަށް ދޭން ފަށާފައިވާ އެވޯޑެކެވެ.
2017 ވަނަ އަހަރުގެ އެމްޕްލޯއީ ޕާފޯމަންސް އެވޯޑް ޙާޞިލްކުރި މުވައްޒަފުން
އެމްޕްލޯއީ އޮފް ދަ އިޔަރ
ގޯލްޑް ޕާފޯމާރސް
ސިލްވަރ ޕާފޯމާރސް