ލޯކަލް ގަވަރމަންޓް އޮތޯރިޓީ
Local Government Authority
ލޯކަލް ކައުންސިލް ތަކުގެ މާލީ ބަޔާން ތައްޔާރު ކުރަން ދަސްކޮށްދޭ ވާރކްޝޮޕް ފަށައިފިއެވެ. މި ވޯރކްޝޮޕް ކުރިޔަށް ދަނީ މިއަދުން ފެށިގެން މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް މި އޮތޯރިޓީގެ ކިޔެވެނި މާލަމުގައެވެ. މި ވާރކްޝޮޕަކީ ކައުންސިލްތަކަށް އަމާޒުކޮށްގެން އޮޑިޓަރ ޖެނެރަލްގެ އޮފީހާއި މިއޮތޯރިޓީ ގުޅިގެން ކުރިއަށްގެންދާ ވޯރކްޝޮޕެކެވެ. މި ވޯރކްޝޮޕްގެ މައިގަނޑު މަޤްސަދަކީ ކައުންސިލްތަކުގެ މުވައްޒަފުންނަށް ކައުންސިލްގެ މާލީ ބަޔާންތައް ތައްޔާރުކުރަން ދަސްކޮށްދިނުމާއި، ފައިސާއާގުޅޭ ކަންތައްތައް މެނޭޖްކޮށް ކައުންސިލްގެ އިދާރީ ހިންގުން ހަރުދަނާކުރުމެވެ. މި ވޯރކްޝޮޕް ކުރިޔަށްދަނީ މި ދާއިރާއިން ތަޖުރިބާކާރު އަދި ޤާބިލް ފަރާތްތަކުގެ ލަފާއާއި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ފަންނީ އެހީތެރިކަމާއިއެކުއެވެ.
މި އަހަރު ތެރޭގައި މީގެ 3 ވާރކްޝޮޕް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މިއަދު ފެށިގެން ކުރިޔަށްދާ މި ވޯރކްޝޮޕްގެ ބައިވެރިންގެ ގޮތުގައި ހިމެނެނީ މިއޮތޯރިޓީން ހުޅުވާލި ފުރުސަތަށް އިޖާބަދެއްވާ ބައިވެރިވުމަށް އެދި ހުށަހެޅުއްވި ކައުންސިލްތަކުގެ ތަރުތީބުން އެންމެ ފުރަތަމަ އެދިވަޑައިގަތް 30 ކައުންސިލްގެ ބައިވެރިންނެވެ.