ލޯކަލް ގަވަރމަންޓް އޮތޯރިޓީ
Local Government Authority
ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަޙައްދު ފުރަ ބަންދުގެ ޙާލަތަށް ގެނައުމާއި ގުޅިގެން ތަފާތު ސަބަބުތަކާއި ހުރެ މާލެއިން ރަށަށް ނުދެވިފައިވާ މީހުންގެ ތެރެއިން ތިރީގައި ބަޔާން ކުރެވިފައިވާ ބައިތަކުގައި ހިމެނޭ ފަރާތްތަކުގެ ލިސްޓް އަތޮޅު ކައުންސިލްތަކުން ރަށު ކައުންސިލްތަކުގެ މަޝްވަރާއާއި އެކު ތަރުތީބު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މި ލިސްޓަކީ މިނިސްޓްރީ އޮފް ޖެންޑަރ އާއި ޑިސާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާއި މިނިސްޓްރީ އޮފް ޓޫރިޒަމް އަދި ކައުންސިލްތަކުން ލޯކަލްގަވަރމަންޓް އޮތޯރިޓީއަށް ފޮނުވި ލިސްޓް ހިމަނައިގެން ކޮންޕައިލް ކޮށްފައިވާ ލިސްޓުގެ ތެރެއިން ބޭސް ފަރުވާއަށް މާލެ އައިސް ނުދެވިފަ ތިބި މީހުންނާއި އަދި ރިޒޯޓް މޮނިޓަރިންނުން ދޫކޮށްލުމުން ރަށަށް ދިއުމަށް މާލެއައިސް ތިބި މީހުންނާއި އަދި ސެންޓްރަލް ކަރަންޓީން ފެސިލިޓީސް ތަކުގައި ކަރަންޓީން ފުރިހަމަކޮށް ރަށަށް ދިއުމަށް މާލެއައިސް ތިބި މީހުންގެ މައްޗަށް އެކުލެވޭ ލިސްޓެކެވެ.
މި ލިސްޓް ތަރުތީބު ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާނީ ރަށު ކައުންސިލްތަކާއި މަޝްވަރާކުރެވިގެން އަތޮޅު ކައުންސިލުންނެވެ. މި ލިސްޓް ތަރުތީބު ކުރާއިރު ލިސްޓުގައި ހިމެނިފައިނުވާ އެހެންނަމަވެސް މަތީގައި ދެންނެވިފައިވާ ކެޓެގަރީތަކަށް ފެތޭ މީހުންގެ ތެރެއިން އެންމެ ބޭނުން ބޮޑު ފަރާތްތައް މި ލިސްޓުގައި ތަރުތީބު ކުރާއިރު އެ ފަދަ ފަރާތްތައް ލިސްޓަށް އިތުރު ކުރުމުގެ ފުރުސަތު ކައުންސިލްތަކަށް ވަނީ ދެވިފައެވެ.
މި ލިސްޓް ހާމަކުރުމުގެ ބޭނުމަކީ ވީހާވެސް ހާމަކަންބޮޑު ގޮތެއްގައި އެންމެ ބޭނުންބޮޑު ފަރާތްތައް ވެސް ހިމެނިފައިވާކަން ކަށަވަރު ކުރުމާއެކު ކައުންސިލްތަކަށް ރައްޔިތުންނަށް ޖަވާބު ދާރީވެވޭނެ ގޮތެއްގެ މަތިން ލިސްޓް ފައިނަލް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމެވެ.