ލޯކަލް ގަވަރމަންޓް އޮތޯރިޓީ
Local Government Authority
އިންޑިޔާ ސަރުކާރުގެ ހިލޭއެހީގެ ދަށުން ގާއިމުކުރުމަށް ހަމަޖެހިފައިވާ ށ. ފޯކައިދޫ ކޮމިޔުނިޓީ ސެންޓަރ ޕްރޮޖެކްޓް މިއަދު އޮންލައިންކޮށް ބޭއްވުނު ބައްދަލުވުމެއްގައި ފޯކައިދޫ ކައުންސިލާއި ވަނީ ހަވާލުކުރެވިފައެވެ.
މި ޕްރޮޖެކްޓް ކައުންސިލާއި ހަވާލުކުރުމުގެ ގޮތުން އެލްޖީއޭގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ ފާތިމަތު އަފްޝާން ލަތީފް އެވެ. އަދި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ށ. ފޯކައިދޫ ކައުންސިލްގެ ރައީސް މުހައްމަދު ރާޝިދު އެވެ.
މި ޕްރޮޖެކްޓަކީ 26 ނޮވެމްބަރ 2019 ވަނަ ދުވަހު ބަޔާކާއި ހަވާލުކުރެވުނު ޕްރޮޖެކްޓެކެވެ. އެހެން ނަމަވެސް ކޮވިޑް19 ހަލަތާއި، އަދި މިނޫނަސް ތަފާތު ސަބަބުތަކާއިހުރެ މި ޕްރޮޖެކްޓް ކުރިޔަށް ނުގެންދެވުމުން ކޮންޓްރެކްޓްވަނީ މިއަހަރު ބާތިލްކޮށްފައެވެ.
މިއަދު ބޭއްނު ބައްދަލުވުމުގައި ރަށްރަށުގެ ކޮމިޔުނިޓީ ސެންޓަރުތައް ގާއިމުކުރުމުގެ މުހިންމުކާމާއި، އެކި އުމުރުފުރާގެ މީހުންނަށް މިސެންޓަރތައް ބޭނުންކުރެވޭނެހެން ކަންކަން އިންތިޒާމުކުރުމުގެ މުހިންމުކަން ސީއީއޯ ފާހަގަކުރެއްވިއެވެ. އަދި ފޯކައިދޫ ކައުންސިލުންވަނީ މި ޕްރޮޖެކްޓްގެ މަސައްކަތް ކުރިޔަށްއޮތް އަށް މަސްދުވަހުގެ ތެރޭގައި ނިންމާލެވޭ ވަރަށް މަސައްކަތްކުރާނެކަން ފާހަގަކޮށްފައެވެ.