ލޯކަލް ގަވަރމަންޓް އޮތޯރިޓީ
Local Government Authority
މި އޮތޯރިޓީގެ ޕީ އެސް އައި ޕީ ބަޖެޓްގައި ހިމެނިގެން ކުރިޔަށް ގެންދާ ބ. ފުޅަދޫ ކައުންސިލް އިދާރާ އައު އިމާރާތް އެޅުމުގެ އެއްބަސްވުމުގައި ކޮންޓްރެކްޓަރާއެކު ސޮއިކޮށްފިއެވެ. ސީޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ 4،682،865.05 ރުފިޔާއަށް 185 ދުވަހުން މަސައްކަތް ނިންމާގޮތަށެވެ. މި އެއްބަސްވުމުގައި ސޮއި ކުރުމުގެ ކަންކަން ކުރިޔަށް ގެންގޮސްފައިވަނީ 2023 ފެބްރުއަރީ 27 ވަނަ ދުވަހު ބ. ފުޅަދޫ ކައުންސިލް އިދާރާގައި ކުރިޔަށް ގެންދިޔަ ރަސްމިއްޔާތެއްގައެވެ. ކައުންސިލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ކައުންސިލްގެ ރައީސް އަލީ އަޒުހަރެވެ. އަދި ސީޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކޮށްފައިވަނީ ޖެނެރަލް މެނޭޖަރ ޔޫނުސް ޒިޔާދެވެ
.ބ. ފުޅަދޫ ކައުންސިލް އިދާރާ އައު އިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ މިހާރު ކައުންސިލް އިދާރާ ހުރިތަންނޫން އެހެން ތަނެއްގައެވެ. މިހާރު ކުރިޔަށްދަނީ އައު އިމާރާތް އަޅާސަރަހައްދުގެ ބިންސާފުކުރުމުގެ މަސައްކަތެވެ